ރޯމް ބްލޮގް
ޒެޑް. ބީ.

ސްވިޒަރލޭންޑަށް ދަތުރުކުރާ ފަރާތްތަކަށް މުހިންމު އިރުޝާދު: ސްވިޒަރލެންޑަށް ފުރުމުގެ ކުރިން އެނގުން މުހިންމު ކަންތައްތައް

ސްވިޒަރލެންޑަށް ދަތުރެއް ރާވަނީތަ؟ މިއީ ދިވެހި ދަތުރުވެރިންނަށް ޚާއްޞަކޮށް، ފްލައިޓްތަކާއި، މާލޭގައި ތިބެގެން ވިސާއަށް އެދޭނެ ގޮތާއި، އަދި ދަތުރުމަތީގައި ބޭނުންވާނެ މުހިންމު މަޢުލޫމާތުތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އިރުޝާދުތަކެކެވެ.

ސްވިޒަރލޭންޑަށް ދަތުރުކުރާ ފަރާތްތަކަށް މުހިންމު އިރުޝާދު: ސްވިޒަރލެންޑަށް ފުރުމުގެ ކުރިން އެނގުން މުހިންމު ކަންތައްތައް

1. ސްވިޒަލޭންޑުގައި އިންޓަރނެޓްގެ ޚިދުމަތް

  • ދަތުރުގައި އިންޓަރނެޓްގެ ޚިދުމަތް ލިބުމަކީ ދަތުރުގެ ފަސޭހަކަމަށް ވަރަށް މުހިންމު ކަމެކެވެ. މޯބައިލް ޑޭޓާ މެދުވެރިކޮށް ދަތުރުފަތުރުގެ ވަގުތުތައް ބެލުމާއި، ރެސްޓޯރަންޓްތައް ހޯދުމާއި، ޑިޖިޓަލް މެޕް ބޭނުންކުރުމުގެ އިތުރުން، އެކި ބަސްބަހުން ހުންނަ ބޯޑުތައް ތަރުޖަމާކުރުމަށާއި އާއިލާއާ ގުޅުން ބޭއްވުމަށް ފަސޭހަވެގެންދެއެވެ.

  • އީ-ސިމް (eSIM) އަކީ ފިޒިކަލް ސިމް ކާޑެއް ގަތުމުގެ އުނދަގުލަކާ ނުލައި މޯބައިލް ޑޭޓާ ބޭނުންކުރަން ބޭނުންވާ ދަތުރުވެރިންނަށް އޮތް އެންމެ ފަސޭހަ މަގެވެ. ރާއްޖެއިން ފުރުމުގެ ކުރިންވެސް މި ޚިދުމަތް ހަމަޖައްސާލުމުން، ސްވިޒަރލޭންޑަށް ފޯރުމާއެކު ފޯނު ބޭނުންކުރަން ފެށޭނެއެވެ.

ދަތުރުވެރިންނަށް އިރުޝާދެއް:  ރޯމްދުނިޔެ  Switzerland eSIM plans މެދުވެރިކޮށް ސްވިޒަރލޭންޑަށް ޚާއްޞަ އީ-ސިމް ޕެކޭޖްތައް ބައްލަވައިލައްވައި، ދަތުރުގެ ފަސޭހައަކަށްޓަކައި ފުރުމުގެ ކުރިން އީ-ސިމް install ކުރައްވާށެވެ.

2. ދިވެހިރާއްޖެއިން ޖެނީވާއަށް ދަތުރުކުރުން

  • ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ސްވިޒަރލެންޑަށް ދަތުރުކުރާއިރު، އެއަރލައިނާއި ދަތުރުކުރާ ތާރީޚަށް ބަލައި، މަދުވެގެން އެއް މަންޒިލެއްގައި މަޑުކުރަންޖެހޭނެއެވެ. ޢާންމުކޮށް މި ސްވިޒަރލެންޑަށް ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި އެމިރޭޓްސް، ޤަތަރު އެއަރވޭސް، އިއްތިހާދު އެއަރވޭސް އަދި ޓަރކިޝް އެއަރލައިންސް ހިމެނެއެވެ. މި އެއަރލައިންތަކުން ދުބާއީ، ދޯހާ، އަބޫދާބީ ނުވަތަ އިސްތަންބޫލްގައި މަޑުކުރާނެއެވެ.

ދަތުރުވެރިންނަށް އިރުޝާދެއް: ފުރުމުގެ ކުރިން ލަގެޖް އެލަވަންސްތަކާއި، ޓްރާންސިޓް ވިސާ ބޭނުންވޭތޯއާއި، އަދި އެއަރޕޯޓުން ހޮޓަލަށް ދިއުމަށް ބޭނުންވާ ދަތުރުފަތުރުގެ އިންތިޒާމުތައް ދުރާލައި ޗެކްކުރައްވާށެވެ.

3. ދިވެހިންނަށް ވިސާގެ ކަންކަން ހަމަޖެހިފައިވާ ގޮތް

  • ސްވިޒަރލޭންޑަށް ޗުއްޓީ ހޭދަކުރުމަށާއި ވިޔަފާރީގެ ކުރު ދަތުރުތަކުގައި ދާ ދިވެހިންނަށް ޝެންގަން ވިސާ ނަގަންޖެހެއެވެ.

  • އުފާވެރި ޚަބަރަކީ، ސްވިޒަރލޭންޑްގެ ޝެންގަން ވިސާ ފޯމު މާލޭގައި ހުންނަ ވީ.އެފް.އެސް ގްލޯބަލް ވިސާ އެޕްލިކޭޝަން ސެންޓަރު މެދުވެރިކޮށް ހުށަހެޅޭނެ ކަމެވެ. އެހެންކަމުން، ވިސާ އެޕްލިކޭޝަން ހުށަހެޅުމަށްޓަކައި ރާއްޖެއިން ބޭރަށް ދާކަށް ނުޖެހޭނެއެވެ.

4. މާލޭގައި ވިސާ ފޯމު ހުށަހަޅާނެ ތަނާއި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް

  • މަރުކަޒު: ވީ.އެފް.އެސް ގްލޯބަލް ސްވިޒަރލޭންޑް ވިސާ އެޕްލިކޭޝަން ސެންޓަރ

  • އެޑްރެސް: މއ. ބޮޑުދަހަރާގެ، 2 ވަނަ ފަންގިފިލާ، ޗާންދަނީ މަގު، މާލެ، ދިވެހިރާއްޖެ. (ޒިޔާރަތް ކުރުމުގެ ކުރިން އެޑްރެސް ޔަގީންކުރައްވާ.)

  • އެޕޮއިންޓްމަންޓް: ސެންޓަރަށް ދިއުމުގެ ކުރިން އޮންލައިންކޮށް އެޕޮއިންޓްމަންޓް ބުކްކުރައްވާ.

  • ރަސްމީ ވެބްސައިޓް: VFS Global – Switzerland visa applications

ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް

ފޯމު ހުށަހެޅުމުގެ ކުރިން އެންމެ ފަހުގެ ޝަރުތުތައް ބަލާލަންވާނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެނީ:

  • މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ފުރިހަމަކޮށްފައިވާ ވިސާ ފޯމު.

  • ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ފަހުގެ ފޮޓޯ.

  • ފްލައިޓް އައިޓިނަރަރީ އާއި ހުންނާނެ ތަނެއްގެ ކޮންފަރމޭޝަން.

  • ޓްރެވަލް އިންޝުއަރެންސް.

  • ދަތުރުގެ ޚަރަދުތައް ބެލެހެއްޓޭނެ މާލީ ތަނަވަސްކަން ހުރިކަމުގެ ހެކި.

  • ދަތުރުކުރާ މަޤްޞަދު އަންގައިދޭ ލިޔެކިޔުންތައް.

  • ކޮންފަރެންސަކަށް ނުވަތަ ވިޔަފާރި ބައްދަލުވުމަކަށް ދާނަމަ، ރަސްމީ ދައުވަތު ސިޓީއާއި އެއާ ގުޅޭ ލިޔެކިޔުންތައް.

ވިސާ ޕްރޮސެސް ކުރުމަށް ވަގުތު ނަގާތީ، ދުރާލާ ވިސާއަށް ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. ވިސާ ފޯމު ހުށަހެޅުމަކީ ވިސާ ލިބޭނެ ކަމުގެ ޔަޤީންކަމެއް ނޫނެވެ.

މުހިންމު: VFS Global އަދި Swiss authorities އަދި ސްވިޒަރލޭންޑުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެންމެ ފަހުގެ ޝަރުތުތަކާއި، އެޕޮއިންޓްމަންޓް ލިބެން ހުރި ތާރީޚުތަކާއި، އެޕްލިކޭޝަން ހުށަހަޅަންޖެހޭ އުސޫލުތައް އަބަދުވެސް ކަށަވަރުކުރައްވަންވާނެއެވެ.

5. ސްވިޒަރލެންޑްގައި ދަތުރުފަތުރުކުރުން: ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާނެ ފަސޭހަ ގޮތްތައް

  • ސްވިޒަރލެންޑަކީ ވަރަށް ހަރުދަނާ، އިތުބާރު ހިފޭ އަދި ފުރިހަމައަށް ގުޅާލެވިފައިވާ އާންމު ދަތުރުފަތުރުގެ ނިޒާމެއް އޮންނަ ޤައުމެކެވެ. ކާރު ކުއްޔަށް ނުހިފި ނަމަވެސް ސިޓީއެއްގެ ބޮޑު ބައެއް ބަލާލެވޭނެއެވެ. އަދި އާންމު ދަތުރުފަތުރުގެ ނިޒާމަކީ ބައްދަލުވުންތަކަށް ވަޑައިގަންނަވާ ބޭފުޅުންނާއި ފަތުރުވެރިންނަށް ވަރަށް ފަސޭހަ ނިޒާމެކެވެ.

  • މި ނިޒާމުގައި މިސާލަކަށް ޖެނީވާއަށް ބަލާނަމަ، ބަސް، ޓްރޭމް، ރޭލު އަދި "މުއެޓްސް ޖެނީވޮއިސް" ގެ ނަމުން ނަންދެވިފައިވާ ކުދި ރީނދޫ ކަނޑު ބޯޓުތައް ހިމެނެއެވެ.

6. ސްވިޒަރލެންޑްގެ ޖެނީވާގައި ދަތުރުފަތުރު ކުރާނެ ގޮތް:

  • ޓްރޭމް: މިއީ ސިޓީގެ ތެރޭގައި ދަތުރުފަތުރު ކުރުމަށް އެންމެ ފަސޭހަ އެއް ވަސީލަތެވެ. މީގެ ޚިދުމަތް ސިޓީގެ މައި ސަރަޙައްދުތަކަށާއި، ވިޔަފާރިކުރާ ތަންތަނުގެ އިތުރުން މަޝްހޫރު ފަތުރުވެރި މަންޒިލްތަކަށް ލިބެން ހުރެއެވެ.

  • ބަސް: ބަހުގެ ޚިދުމަތް ސިޓީގެ ގިނަ ސަރަޙައްދުތަކަށް ފޯރުކޮށްދެއެވެ. މިއީ ޓްރޭމްގެ ޚިދުމަތް ސީދާކޮށް ނުލިބޭ ތަންތަނަށް ދިއުމަށް ބޭނުންކުރެވޭނެ ފަސޭހަ ވަސީލަތެކެވެ.

  • ރޭލު: ޖެނީވާ-ކޯނަވިން އަކީ ސިޓީގެ މައި ރޭލު ސްޓޭޝަނެވެ. މިއީ އެއަރޕޯޓާއި ސްވިޒަރލޭންޑުގެ އެކި ސިޓީތަކުގެ އިތުރުން އަވަށްޓެރި ޤައުމުތަކާ ޖެނީވާ ގުޅުވައިދޭ މަރުކަޒެވެ. ޚާއްޞަކޮށް އެއަރޕޯޓަށް ދިއުމަށާއި ސިޓީން ބޭރަށް ކުރާ ދަތުރުތަކަށް ރޭލަކީ ވަރަށް ފަސޭހަ ވަސީލަތެކެވެ.

  • މުއެޓްސް ޝަޓްލް ބޯޓު: މި ކުދި ރީނދޫ ބޯޓުތަކަކީ ޖެނީވާ ކަނޑުއޮޅީގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރާ ބޯޓުތަކެކެވެ. މިއީ އެއްގަމު މަގުގެ ބަދަލުގައި ހިތްގައިމު މަންޒަރުތައް ބަލަމުން ދަތުރުކޮށްލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ފަތުރުވެރިންނަށް އޮތް އުފާވެރި ޚަބަރު: ހިލޭ ދަތުރުފަތުރު ކުރެވޭނެ!

ޖެނީވާގައި ފަތުރުވެރިންނަށް ލިބޭ އެންމެ ބޮޑު އެއް ލުޔަކީ "ޖެނީވާ ޓްރާންސްޕޯޓް ކާޑް" official Geneva Transport Card website މެދުވެރިކޮށް އާންމު ދަތުރުފަތުރުގެ ނިޒާމު ހިލޭ ބޭނުންކުރެވުމެވެ.

  • ޖެނީވާގެ ހުއްދަދެވިފައިވާ ތަންތަނުގައި މަޑުކުރާ ފަރާތްތަކަށް، އެ ސިޓީގައި ހުންނަ މުއްދަތުގައި "ޒޯން 10" ގެ އިންތިޒާމުތަކުގެ ތެރެއިން އާންމު ދަތުރުފަތުރުގެ ނިޒާމު ހިލޭ ބޭނުންކުރެވޭނެ ޑިޖިޓަލް ޓްރާންސްޕޯޓް ކާޑެއް ލިބޭނެއެވެ. މީގެ ތެރޭގައި ބަހާއި، ޓްރޭމާއި، ލޯކަލް ރޭލުތަކުގެ އިތުރުން "މުއެޓްސް" ޝަޓްލް ފެރީތައް ހިމެނެއެވެ.

  • މީގެ އިތުރުން، ޖެނީވާ އެއަރޕޯޓާއި ޖެނީވާ-ކޯނަވިން ރޭލު ސްޓޭޝަނާ ދެމެދު ކުރާ ދަތުރުތަކަށް ވެސް މި ކާޑު ބޭނުންކުރެވޭނެތީ، ދަތުރުވެރިންނަށް އައުމާއި ދިއުމުގައި ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

  • މި ކާޑު ލިބޭނީ ތިޔަބޭފުޅުން މަޑުކުރައްވާ ތަނެއްގެ ގޮތުންނެވެ. ހޮޓާތަކާއި، ޒުވާނުންގެ ހޮސްޓެލްތަކާއި، ކޭމްޕް ސައިޓްތަކުގެ އިތުރުން ހުއްދަދެވިފައިވާ އެހެނިހެން ތަންތަނުން މި ޚިދުމަތް ފޯރުކޮށްދޭތީ، އެކަން ތިޔަބޭފުޅުން މަޑުކުރައްވާ ތަނުން ސާފުކުރެއްވުން މުހިންމެވެ.

7. ޖެނީވާ ޓްރާންސްޕޯޓް ކާޑު ހޯދާނެ ގޮތް:

  • މަޑުކުރާ ތަނުން މަޢުލޫމާތު ސާފުކުރުން: ތިޔަބޭފުޅުން މަޑުކުރައްވާ ހޮޓަލަކީ ނުވަތަ ތަނަކީ ޖެނީވާ ޓްރާންސްޕޯޓް ކާޑު ދޫކުރުމުގެ ހުއްދަ އޮތް ތަނެއްތޯ ބައްލަވާށެވެ.

  • ރެޖިސްޓްރޭޝަން އީމެއިލް ޗެކްކުރުން: ބައެއް ތަންތަނުން، ތިޔަބޭފުޅުން ވަޑައިގަތުމުގެ 3 ދުވަސް ކުރިން ރެޖިސްޓްރޭޝަން ލިންކެއް އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ.

  • އޮންލައިން ރެޖިސްޓްރޭޝަން ފުރިހަމަކުރުން: ލިބޭ އިރުޝާދުތަކާ އެއްގޮތަށް ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމުން ޑިޖިޓަލް ކާޑު ލިބޭނެއެވެ.

  • ކާޑު ރައްކާކޮށްފައި ބެހެއްޓުން: ޓިކެޓް ޗެކްކުރާ ވަގުތުތަކުގައި ދެއްކުމަށްޓަކައި ފޯނުގައި ކާޑު ރައްކާކޮށްފައި ބަހައްޓަވާށެވެ.

މި ކާޑަކީ ވަކި ފަރުދަކަށް ޚާއްޞަ، އެހެން މީހަކަށް ބަދަލުނުކުރެވޭނެ ކާޑެކެވެ. މިއިން ދަތުރުކުރެވޭނީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައެވެ. މިއީ މުޅި ސްވިޒަރލޭންޑަށް ނުވަތަ ކައިރި ޤައުމަކަށް ދަތުރުކުރަން ބޭނުންކުރެވޭނެ ކާޑެއް ނޫނެވެ.

މި ހިލޭ ކާޑު ލިބުމުގެ ޝަރުތު ހަމަނުވާނަމަ، ދަތުރުކުރުމުގެ ކުރިން ސައްހަ ޓިކެޓެއް ބައްލަވައިގަންނަން ޖެހޭނެއެވެ. އިތުރު ތަފްސީލު official Geneva Transport Card website އިން ލިބިވަޑައިގަންނަވާނެއެވެ.

8. ޢާންމު ދަތުރުފަތުރުގެ ޚިދުމަތް ބޭނުންކުރާއިރު ފަތުރުވެރިން ސަމާލުކަންދޭންޖެހޭ ކަންތައްތައް:

ހޮޓަލުން ނިކުތުމުގެ ކުރިން ތިރީގައިވާ ތަކެތި ހުރިތޯ ޔަޤީންކުރައްވާށެވެ.

  • ޖެނީވާ ޓްރާންސްޕޯޓް ކާޑު: ޑިޖިޓަލް ކާޑެއް ލިބިފައިވާނަމަ، ފޯނުން ފަސޭހައިން ދެއްކޭނެ ގޮތް ހަމަޖައްސަވާށެވެ.

  • ސްމާޓްފޯން: ޗާޓުތަކާއި، ދަތުރުފަތުރުގެ އެޕްލިކޭޝަންތަކާއި، ގަޑިތައް ބެލުމުގެ އިތުރުން ޑިޖިޓަލް ޓިކެޓް ބޭނުންކުރުމަށް މުހިންމުވާނެއެވެ.

  • ޗާޖަރު ނުވަތަ ޕަވަރ ބޭންކް: ދަތުރުގެ ލިޔެކިޔުންތަކާއި މަގު ހޯދުމަށް ފޯނަށް ބަރޯސާވާންޖެހޭތީ މިއީ ވަރަށް ބޭނުންތެރި އެއްޗެކެވެ.

  • ސައްޙަ ޓިކެޓެއް: ހިލޭ ދަތުރުކުރެވޭ ކާޑު ބޭނުންކުރެވޭ ސަރަޙައްދުން ބޭރަށް ދަތުރުކުރާނަމަ، ނުވަތަ އެފަދަ ކާޑެއް ނެތްނަމަ ޓިކެޓެއް އޮތުން މަޖުބޫރުވާނެއެވެ.

  • އައިޑެންޓިފިކޭޝަން (ކާކުކަން އަންގައިދޭ ލިޔުން): ޕާސްޕޯޓު ރައްކާތެރިކަމާއެކު ގެންގުޅުއްވާށެވެ. ރަސްމީ ބައްދަލުވުންތަކަށާއި ބައެއް ތަންތަނަށް ވަންނައިރު ކާކުކަން އަންގައިދޭ ލިޔުން ބޭނުންވާނެއެވެ.

  • ބޭންކް ކާޑާއި ބައެއް ނަގުދު ފައިސާ (ސްވިސް ފްރޭންކް): ވިޔަފާރިކުރުމަށާއި، ޓިކެޓް ގަތުމަށާއި، ކާޑުން ފައިސާ ނުދެއްކޭ ތަންތަނުގައި ބޭނުންކުރުމަށް މުހިންމުވާނެއެވެ.

9. ދަތުރުފަތުރާ ގުޅޭ ބައެއް އިރުޝާދުތައް:

  • ބަހާއި ޓްރާމްގެ މަޢުލޫމާތު ހޯދުމަށް TPG app އެޕްލިކޭޝަން ފޯނަށް އަޅުއްވާށެވެ.

  • ރޭލު ދަތުރުތަކުގެ މަޢުލޫމާތު ހޯދުމަށް SBB Mobile އެޕްލިކޭޝަން ބޭނުންކުރައްވާށެވެ.

  • ދަތުރު ފެށުމުގެ ކުރިން، ތިޔަ ދަތުރުކުރައްވާ ސަރަޙައްދަކީ 'Zone 10' ގައި ހިމެނޭ ތަނެއްތޯ ޔަޤީންކުރައްވާށެވެ.

  • ޖެނީވާގެ ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ޢާންމުކޮށް ޓިކެޓް ބަލާ ތަނެއް ނުހުންނާނެއެވެ. ނަމަވެސް، ކޮންމެ ފަސިންޖަރަކީވެސް ސައްހަ ޓިކެޓެއް ނުވަތަ ކާޑެއް އޮތް މީހަކަށް ވާންޖެހޭނެއެވެ. އަދި ޗެކްކުރާ މީހުން އައިސްފިނަމަ ދެއްކޭނެހެން ޓިކެޓް/ކާޑް ތައްޔާރީގައި ބާއްވާށެވެ.

  • ދަތުރުފަތުރުގެ ޚިދުމަތްދޭ ވަގުތުތައް ބަދަލުވެދާނެތީ، ދަންވަރު ނުވަތަ މާ ހެނދުނު ދަތުރުކުރާނަމަ، ގަޑިތައް ދުރާލައި ޗެކްކުރައްވާށެވެ.

  • ޖެނީވާއިން ބޭރަށް ދަތުރުކުރާނަމަ، އިތުރު ޓިކެޓެއް ނުވަތަ ތަފާތު ޕާސްއެއް ބޭނުންވޭތޯ ބައްލަވާށެވެ.

ދަތުރުވެރިންނަށް އިރުޝާދެއް: ޖެނީވާގައި މަޑުކުރައްވާނަމަ، ދަތުރު ފެއްޓެވުމުގެ ކުރިން "ޖެނީވާ ޓްރާންސްޕޯޓް ކާޑު" އާ ބެހޭގޮތުން ހޮޓަލުން މަޢުލޫމާތު އޮޅުންފިލުއްވާށެވެ. މީގެ ސަބަބުން ދަތުރުފަތުރުގެ ޚަރަދު ކުޑަވެ، ސިޓީގެ އެކި ސަރަޙައްދުތަކަށް ދިއުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

10.  ސްވިޒަރލެންޑްގެ ޖެނީވާގައި ޒިޔާރަތްކުރަންވީ މުހިންމު ތަންތަން

ސްވިޒަރލެންޑްގެ ވެރިރަށް ޖެނީވާއަކީ ހިތްގައިމު ކަނޑުއޮޅިތަކާއި، ތާރީޚީ ބިނާތަކާއި، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކޮށްލެވޭ ތަފާތު އިދާރާތައް ހުންނަ ސިޓީއެކެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ލޭކް ޖެނީވާ

  • ޖެނީވާ އޯލްޑް ޓައުން

  • ޔުނައިޓެޑް ނޭޝަންސް އޮފީސް (އދ. ގެ އޮފީސް)

  • އިންގްލިޝް ގާޑަން

  • ރެޑް ކްރޮސް މިއުޒިއަމް

ސްވިޒަލޭންޑުން 'ޑީ.ޑީ.އެލް.ޖޭ' ގެ ރޮމޭންޓިކް ދުނިޔެ ތަޖުރިބާކޮށްލުން

  • ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް ސްވިޒަރލޭންޑަކީ 1995 ވަނަ އަހަރު ނެރުނު މަޝްހޫރު ފިލްމު "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭންގޭ" ގައި ޝާހްރުކް ޚާން އަދި ކާޖޮލް ކުޅެފައިވާ ރާޖް އަދި ސިމްރަންގެ ލޯބީގެ ހަނދާންތައް އާކޮށްދޭ މަންޒިލެކެވެ. ސްވިޒަރލޭންޑުގެ ހިތްގައިމު ފަރުބަދަތަކާއި ރީތި އަވަށްތަކަކީ ފިލްމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި މި ޤައުމު މަޤްބޫލުވި އެންމެ ބޮޑު ސަބަބެވެ.

ދަތުރުވެރިންނަށް އިރުޝާދެއް: މި ތަންތަނަކީ ޖެނީވާއިން ބޭރުގައި ހުންނަ ތަންތަން ކަމުން، އެ ތަންތަނަށް ދިއުމަށް އިތުރު ވަގުތު ބޭނުންވާނެއެވެ. ވީމާ، ދުރާލައި ރޭލު ދަތުރުތައް އޮންނަ ގަޑިތައް ނުވަތަ ކޯޗު ޓުއަރތައް ބައްލަވައިގެން، މި ރޮމޭންޓިކް މަންޒަރުތައް ތަޖުރިބާކޮށްލުމަށް ރޭވުން މުހިންމެވެ.

11.  ހަލާލު ކާނާ ހޯދުން

  • ޖެނީވާގެ މެދުތެރޭ ސަރަޙައްދުތަކުން ހަލާލު ކާނާ އަދި އެކި ބާވަތްތަކުގެ ކެއުންތައް ލިބެން ހުރެއެވެ. ކެއުމުގެ ކުރިން މެނޫ ބަލާލުމަށް ނުވަތަ ހަލާލު ސެޓްފިކެޓް އޮތްތޯ ކަށަވަރުކުރުމަށް ސަމާލުކަން ދޭށެވެ.

12. ފައިސާ އަދި ބަޖެޓްކުރުން

  • ސްވިޒަރލޭންޑުގައި ބޭނުންކުރަނީ "ސްވިސް ފްރޭންކް “(CHF) އެވެ. ބައެއް ތަންތަނުން ޔޫރޯ ބަލައިގަތް ނަމަވެސް، އެންމެ ފަސޭހަވާނީ ސްވިސް ފްރޭންކުން ފައިސާ ދެއްކުމެވެ.

ބައެއް މުހިންމު އިރުޝާދުތައް:

  • ކްރެޑިޓް އަދި ޑެބިޓް ކާޑު ގިނަ ތަންތަނުގައި ބޭނުންކުރެވެއެވެ.

  • ކުދިކުދި ވިޔަފާރިތަކަށާއި ކާޑު ބަލައިނުގަންނަ ތަންތަނަށް ކޮންމެވެސް ވަރަކަށް ނަގުދު ފައިސާ ގެންގުޅުން މުހިންމެވެ.

  • ދަތުރު ފެށުމުގެ ކުރިން، ބޭރު ފައިސާއިން ކުރާ މުއާމަލާތްތަކަށް ބޭންކުން ނަގާ ފީތައް އޮޅުންފިލުވާށެވެ.

  • އެހެން މަންޒިލްތަކާ އަޅާބަލާއިރު ޖެނީވާ އަކީ އަގުބޮޑު ސިޓީއެކެވެ. އެހެންކަމުން، ހުންނާނެ ތަން މާކުރިން ބުކްކުރުމާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރުމާއި، ކެއުންތައް ކުރިއާލާ ރޭވުމަކީ ޚަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

13.  ސަގާފަތާއި ބައެއް މުހިންމު މަޢުލޫމާތު

  • ޖެނީވާ އަކީ ސްވިޒަލޭންޑުގެ ފްރެންޗް ބަހުން ވާހަކަދައްކާ ސަރަހައްދެކެވެ. މައިގަނޑު ބަހަކީ ފްރެންޗް ބަސް ކަމުގައި ވީނަމަވެސް، ހޮޓާތަކާއި، ފަތުރުވެރި ސަރަޙައްދުތަކާއި، ބައިނަލްއަޤްވާމީ އޮފީސްތަކުގައި އިނގިރޭސި ބަސް އާންމުކޮށް ފަހުމްވެއެވެ.

14. ހަނދާން ބެހެއްޓުން މުހިންމު ބައެއް ކަންތައްތައް:

  • ސަލާމްކުރުން: ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް ވަންނައިރު އަދަބުވެރިކަމާއެކު "ބޮންޖޯރ" (Bonjour) ބުނެލުމަކީ ރަނގަޅު އާދައެކެވެ.

  • މަޑުމައިތިރިކަން: މީހުން ދިރިއުޅޭ ސަރަހައްދުތަކާއި އާންމު ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާއިރު އެހެން މީހުންނަށް އުނދަގޫނުވާނެހެން އުޅުމަށް ސަމާލުކަން ދޭށެވެ.

  • ކުނި އުކާލުން: ކުނި އުކާލުމާއި ރިސައިކަލް ކުރުމުގައި އެ ސަރަހައްދެއްގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ތަބާވާށެވެ.

  • ފޮޓޯ ނެގުން: މީހުންގެ އަމިއްލަ މިނިވަންކަމަށް ބުރުލެއް އަރާފާނެ ފަދަ ހާލަތްތަކުގައި، އެމީހުންގެ ފޮޓޯ ނެގުމުގެ ކުރިން ހުއްދަ ހޯދާށެވެ.

  • މޫސުން: ކަނޑާއި ފަރުބަދަ މަތީ ސަރަހައްދުތަކުގެ މޫސުން ވަރަށް އަވަހަށް ބަދަލުވުން އެކަށީގެންވެއެވެ.

15.  ރައްކާތެރިކަމާއި ތައްޔާރުވުން

ޖެނީވާ އަކީ ޢާންމުކޮށް ރައްކާތެރި ތަނެކެވެ. އެހެންނަމަވެސް، އަގުބޮޑު ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށާއި، ރަސްމީ ބައްދަލުވުންތަކަށް ބޭނުންވާނެ އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ފަދަ ތަކެތި އަބަދުވެސް އަތުގައި ބެހެއްޓުމަށް ސަމާލުކަން ދޭށެވެ. ދަތުރުތައް ފެށުމުގެ ކުރިން ދަތުރުފަތުރުގެ ގަޑިތަކާއި މޫސުން ބަލާށެވެ. އަދި ސިއްހީ ކުއްލި ހާލަތްތަކާއި ދަތުރުމަތީގައި ދިމާވެދާނެ ހާދިސާތައް ކަވަރުކުރާނެ ޓްރެވަލް އިންޝުއަރެންސެއް އޮތުމަކީ މުހިންމު ކަމެކެވެ.

16. ދަތުރު ފެށުމުގެ ކުރިން އެނގުން މުޙިންމު މަޢުލޫމާތު

  • ޤައުމު: ސްވިޒަލޭންޑް

  • ފައިސާ: ސްވިސް ފްރޭންކް (CHF)

  • ބޭނުންކުރާ ބަސް: ފްރެންޗް

  • ގަޑި: ފިނި މޫސުމުގައި UTC+1، އަދި ހޫނު މޫސުމުގައި (ޑޭލައިޓް ސޭވިންގް) UTC+2

  • ދިވެހިރާއްޖެއާ ގަޑީގެ ތަފާތު: ފިނި މޫސުމުގައި ޖެނީވާ ހުންނާނީ ރާއްޖެއަށްވުރެ 4 ގަޑިއިރު ފަހަތުގައެވެ. ހޫނު މޫސުމުގައި ރާއްޖެއަށްވުރެ 3 ގަޑިއިރު ފަހަތުގައެވެ.

  • ކަރަންޓު: 230V, 50Hz. ސްވިޒަލޭންޑްގައި އާންމުކޮށް ބޭނުންކުރަނީ 'ޓައިޕް ޖޭ' ސޮކެޓެވެ. އެހެންކަމުން އެޑަޕްޓަރެއް ގެންގުޅުން ބުއްދިވެރިއެވެ.

  • އިސްކުރު ފެން: އާންމުކޮށް އިސްކުރުން އަންނަ ފެނަކީ ބޯން ރައްކާތެރި ފެނެކެވެ.

  • އާންމު ދަތުރުފަތުރު: ބަސް، ޓްރާމް، ރޭލު އަދި ފެރީ ބޯޓު.

  • ކުއްލި ހާލަތުގެ ނަންބަރު: 112  އަކީ ޔޫރަޕްގެ އާންމު އެމަރޖެންސީ ނަންބަރެވެ. ސްވިޒަރލޭންޑުގައި ފުލުހުންނަށް 117، އަލިފާނުގެ ހާދިސާތަކަށް 118 އަދި އެމްބިއުލަންސަށް 144 ބޭނުންކުރެއެވެ.

17. ސްވިޒަރލޭންޑުން ބޭރަށް ދަތުރުކުރުން: ފްރާންސަށް އެއްދުވަހުގެ ދަތުރެއް!

  • ސްވިޒަރލެންޑަށް ދިއުމުގެ އެންމެ ބޮޑު އެއް ފައިދާއަކީ އަވަށްޓެރި ޤައުމުތަކާ ކައިރިވުމެވެ. މުއްދަތުހަމަ ނުވާ އަދި ވަދެވޭ އަދަދު ހަމަނުވާ ޝެންގެން ވިސާއެއް އޮތްނަމަ، ދަތުރުވެރިންނަށް ފްރާންސް، އިޓަލީ، ޖަރުމަނު އަދި އޮސްޓްރިއާ ފަދަ އެހެން ޝެންގެން ޤައުމުތަކަށް ދެވޭނެއެވެ. ދަތުރު ރޭވުމުގެ ކުރިން އަބަދުވެސް ވިސާ ސްޓިކާއާއި ރަސްމީ އިރުޝާދުތައް ބައްލަވާށެވެ.

  • އެއްދުވަހުގެ ދަތުރުތަކުގެ ތެރޭގައި ފްރާންސްގެ އޭންސީ (Annecy) އަދި ޝަމޯނީ (Chamonix) ހިމެނެއެވެ. ދިގު ދަތުރުތަކަށް އިޓަލީ ނުވަތަ ކައިރި އެހެން ޤައުމުތައް އިޚްތިޔާރުކުރެވިދާނެއެވެ.

  • އިންތިޒާމުކުރެވިފައިވާ ބަސް ޓުއާގެ އަގުތައް މަންޒިލާއި، ދަތުރުގެ ރޭވުމާއި، ހިމެނޭ ހަރަކާތްތަކަށް ބަލައި ތަފާތުވާނެއެވެ. އާންމު އަންދާޒާއެއްގެ ގޮތުން، ކޮންމެ މީހަކަށް 500 އެމެރިކާ ޑޮލަރާ ހަމައަށް ޕްރީމިއަމް އެއްދުވަހުގެ ޓުއާތަކަށް ޚަރަދުވެދާނެއެވެ. އާންމު ދަތުރުތައް މިއަށްވުރެ އަގުހެޔޮވާނެއެވެ. ބުކްކުރުމުގެ ކުރިން ދަތުރުފަތުރާއި، ކެއުމާއި، ވަންނަ ޓިކެޓާއި ހަރަކާތްތައް ހިމެނޭތޯ ބައްލަވާށެވެ.

ދަތުރުވެރިންނަށް އިރުޝާދެއް: ސްވިޒަރލޭންޑަކީ ޝެންގެން ސަރަޙައްދުގެ ބައެކެވެ. ނަމަވެސް ކޮންމެ އަވަށްޓެރި ޤައުމަކީ މީގެ ބައެއް ނޫނެވެ. މިސާލަކަށް ފްރާންސް، އިޓަލީ، ޖަރުމަނު އަދި އޮސްޓްރިއާއަކީ ޝެންގެން ޤައުމުތަކެވެ. ނަމަވެސް އިނގިރޭސިވިލާތަކީ މީގެ ބައެއް ނޫނެވެ. ދަތުރުކުރާ ކޮންމެ މަންޒިލެއްގެ ވިސާއާއި ބޯޑަރު ގަވާއިދުތައް ކަށަވަރުކުރައްވާށެވެ.

18. މުހިންމު ބައެއް ލިންކްތައް

ދަތުރުކުރުމުގެ ކުރިން އެންމެ ފަހުގެ މައުލޫމާތު ބެއްލެވުމަށް ރަސްމީ ވެބްސައިޓްތައް ބައްލަވާށެވެ.   

އެންމެ ފަހުގެ އިރުޝާދު: ދަތުރުގެ ބޭނުން އެންމެ ފުރިހަމައަށް ހިއްޕަވާ!

ޖެނީވާއަކީ ހަމައެކަނި ކަނޑުއޮޅިއެއް އޮންނަ މަންޒިލެއް ނޫނެވެ. އެއީ ރީތި މަންޒަރުތަކާއި، ތާރީޚީ މަގުތަކާއި، ދުނިޔޭގެ ފެންވަރުގެ ސައިންސް އެއް ސިޓީއަކުން ފެނިގެންދާ ތަނެކެވެ.

ދަތުރު ފަސޭހަކުރުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަމަކީ ފުރުމުގެ ކުރިން މުވާޞަލާތީ ގުޅުން/އިންޓަރނެޓް ހަމަޖެއްސުމާއި، ތިބޭ ހޮޓަލުން ހިލޭ ޖެނީވާ ޓްރާންސްޕޯޓް ކާޑު ލިބޭތޯ ބެލުމާއި، މުހިންމު ދަތުރުގެ ލިޔެކިޔުންތައް ފަސޭހައިން އަތުޖެހޭނެ ގޮތަށް ބެހެއްޓުމެވެ.

ރޯމް ދުނިޔެ އިން އީސިމް ބައްލަވައިގެން ދަތުރު ފަސޭހަކޮށްލާށެވެ.

13 ބެލި ފަހަރު
ސްވިޒަރލޭންޑަށް ދަތުރުކުރާ ފަރާތްތަކަށް މުހިންމު އިރުޝާދު: ސްވިޒަރލެންޑަށް ފުރުމުގެ ކުރިން އެނގުން މުހިންމު ކަންތައްތައް | Roam Dhuniye